8000 ވުރެ ގިނަ ދަރިވަރުންނާއި އެކު މި އަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު މިމަހުގެ 20 އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. އެވުޒާރާއިން ވިދާޅުވީ، އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާއިރު އެޗްއެސްސީ އިމްތިހާނުގައި 7776 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.
މި ފަހަރުގެ އިމްތިހާނުގައި މާލޭގައި 25 ސެންޓަރުގައި އިމްތިހާނު ހަދާނެ އެވެ. އެ ސެންޓަރުތަކުގައި އިމްތިހާނު ހަދާ ކުދިންގެ އަދަދަކީ 3222 ދަރިވަރުންނެވެ. ރާއްޖެތެެރޭގައި 242 ސެންޓަރެއްގައި 2869 ދަރިވަރުން އިމްތިހާނު ހަދާނެ އެވެ.
ދިވެހި އިސްލާމަށް ފަހު އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އޯލެވެލް އިމްތިހާނު ކުރިޔަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.






