ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6މަސް ކުރިން ފޯނަށް މެސެޖެއް

hbj.jpg

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ހަ މަސްކުރިން، އެކަން ހަނދާންކޮށް ދިނުމަށް އެމީހެއްގެ ފޯނަށް މެސެޖެއް ފޮނުވާ ގޮތަށް ނިންމައިފި އެވެ.

އިއްޔެ ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސް ކޮންފަރެންސްގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީޙް ވިދާޅުވީ ރިމައިންޑަރ މެސެޖް ލިބެން ފަށާނީ މަހުން މަހުން ފެށިގެން ކަމަށެވެ. އަދއި އެ މެސެޖާ އެކު ޕާސްޕޯޓު އާކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކު ވެސް އެ މީހެއްގެ ފޯނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

“ޖެނުއަރީން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއް ދާނެ މުއްދަތު ހަމަވަނީ އޭ، ހަ މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ.”

އޭނަ ވިދާޅުވީ މީގެ އިތުރުން، މާލެ ސަރަހައްދުުގައި 250،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އެ ފަރާތްތަކަށް ލުއި ފަސޭހަކޮށް ޚިދުމަތް ދިނުމަށްޓަކައި އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.

މުޅި ރާއްޖެ އަށް ޕާސްޕޯޓްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިހާރު ހުރިހާ އަތޮޅެއްގައި ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top