ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކުރި ނިންމުން ބާތިލުކުރަން އަންގައިފި

Rs3kmx6Bt8u3s96oMRYSLOdCvNojMGaClEgkspmy.jpg

ބ. ދޮންފަނު- ފޮޓޯ: މޯލްޑިވްސް ސްޓޭއިސް

ބ. ދޮންފަނު ފަރު ސަރަހައްދަށް ޑައިވްކުރުން މަނާކުރި ނިންމުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޮންފަނު ކައުންސިލަށް އަންގައިފިއެވެ.

ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި، އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީއާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތް ކަމެއް ކަމަށް ފެންނާތީ، އެ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން އެ ރަށުގެ 700 މީޓަރު ސަަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި ޑައިވްކުރުމަކީ މަނާކަމެއް ކަމަށެވެ.

އެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ގުދުރަތީ ނުވަތަ ޠަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top