ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި

large_1598528218606dpY.jpeg

ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ޑޮލަރު ނެގުމުގައި ކަނޑައަޅާފައިވާ ލިމިޓު މިއަދުން ފެށިގެން އެ ބޭންކުން އުވާލައިފިއެވެ.

މިކަމާގުޅިގެން ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓު އުވާލައިފައިވާ ކަމަށެވެ.

ނަމަވެސް، ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ނެގޭވަރަކީ 1،600 ޑޮލަރުކަމުގައި އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހ. މެރީން ޑްރީމް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާމުއި ގައި ގާއިމް ކޮށްފައިވާ ޔޫއެސް ޑޮލަރުގެ އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޮލަރު ފަސޭހަ ކަމާއެކު ނެގޭނެއެވެ.

ބީއެމްއެލް އިން ބުނީ ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އޭޓީއެމްތަކާއި އެކައުންޓްތަކުން ޑޮލަރު ނެގޭ ލިމިޓު އުވާލި ނަމަވެސް، ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ބޭރުގެ މުއާމަލާތްތައް ހިންގުމަށް ކަނޑައެޅި ލިމިޓަށް އަދި ބަދަލެއް ނުގެނެއެވެ.

އެހެންކަމުން މަހެއްގެ މައްޗަށް ކްރެޑިޓް ކާޑުން އަދިވެސް މުއާމަލާތްތައް ހިންގޭ ލިމިޓަކީ 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑް ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓު ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ބޭރުގެ މުއާމަލާތްތަކަށް އަދިވެސް ބޭނުން ކުރެވޭނީ މަހަކު 250 ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top