ކުރިއަށް އޮތް ހަތަރުމަހު ވާރޭވެހުން އިތުރުވާނެ: މެޓް

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ކުރިއަށް އޮތް ހަތަރު މަސްދުވަހު, އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ވާރޭ ވެހުން އިތުރުވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން މިހާރު ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓް އޮފީހުން ހާމަކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top