މިއީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހިދުމަތްތައް ދެމުން ގެންދާ ސަރުކާރެއް: ދަރަވަންދޫ ކައުންސިލް

245101-e417d81b-7-1536x1024.jpg

ރައީސް ސޯލިހް ދަރަވަންދޫ ކައުންސިލާއި ބައްދަލު ކުރެއްވުން

މި ސަރުކާރަކީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއްނެތި ހިދުމަތްތައް ދެމުން ގެންދާ ސަރުކާރެއްކަމަށް ބ. ދަރަވަންދޫ ކައުންސިލުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ ދަރަވަންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމެޓީ މިއަދު ރައީސް އޮފީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ބައްދަލު ކުރައްވާފައެވެ.

އެހެންވެ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ރައްޔިތުންގެ ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް އެބައްދަލު ކުރެއްވުމުގައި އެބޭފުޅުން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ އެކިއެކި މަޝްރޫއުތައް އެކި މަރުހަލާގައި ކުރިޔަށް ދިޔަކަމުގައި ވިޔަސް ކަންބޮޑުވުން ތަކެއްވެސް ހުރިކަން  ފާހަގަކުރައްވާފަ އެވެ.އެގޮތުން  ދަރަވަންދޫގެ ބަނދަރާއި އެއާޕޯޓާއި ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވާކަމަށާއި ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއްވެސް ބޭނުންވާކަމަށް ދެންނެވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ.

ކައުންސިލުން ހުށައެޅި ކަންކަމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެކަންކަމާ ގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެން ދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top