ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު މަދު ކުރަނީ.

DSCN6889-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--އީވީ ފައިލް ފޮޓޯ

ކޮވިޑް އާއި ގުޅިގެން އާ އާންމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު މަދު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު ރާއްޖޭގެ ސްކޫލްތަކަށް އެޑިއުކޭޝަނުން ފޮނުއްވި ސާކިއުލާ އެއްގައި ބުނެފައވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭނީ 35 މިނެޓަށް ކަމަށެވެ. ކުރިން ކިޔަވައިދެމުން އައީ މާއްދާއެއް 45 މިނިޓަށެވެ.

މިގޮތަށް ނިންމާފައިވަނީ ސްކޫލްތަކުގެ ޕްރިންސްޕަލުންނާއި މުދައްރިސުންގެ މަޝްވަރާއާއެކުގައި ކަމަށާ މިއާއެކު ކޮންމެ ހަފުތާއަކު ނަގަންޖެހޭ މާއްދާތަކުގެ އަދަދަށްވެސް ބަދަލު ގެނެސްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔަވައިދޭ ގަޑިތައް މަދުކުރިނަމަވެސް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާ އާއްމު ހާލަތުގައި އަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އަތްދޮވުމާއި އެހެނިހެން ކަންކަމަށް އެއްގަޑިއިރު ލިބޭނެ ގޮތަށް، ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި މިހާރަކޭވެސް އެއްގޮތަށް ސްކޫލުތަކުގައި ނުނެގޭ ގަޑިތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ. އެހެން ނަަމަވެސް މާލެ ސިޓީގައި އަދިވެސް ކުޑަކުދިންނަށް ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ނުގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top