މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކޮށްފި

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ދިވެހި ގައުމީ އެއާލައިން, މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ. މިއީ މިއަހަރު ތެރޭގައި އެ ކުންފުނިން އެތެރޭގެ ޓިކެޓްގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.

މިކަމާގުޅިގެން މޯލްޑިވިއަން އިން ބުނީ, ޓިކެޓްގެ އަގު ބޮޑު ނުވާކަމަށާއި ބޮޑުވެފައިވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ފިއުލް ސާޗާޖްގެ އަގު ކަމަށެވެ.

މީގެ ކުރިން ވެސް އެ ކުންފުނިން ޓިކެޓްގެ އަގު ބޮޑުކޮށްފައިވަނީ ތެޔޮ ލިބޭ އަގުބޮޑު ކަމަށް ބުނެއެވެ.

ޓިކެޓަށް އައި ބަދަލަށް ބަލާއިރު މޯލްޑިވިއަން އިން ކުރިން 1294 އަށް ވިއްކަމުން އައި ޓިކެޓް މިހާރު ލިބެން ހުރީ 1363 ރުފިޔާއަށެވެ. އެއީ މި އަހަރު ފެށުނުއިރު 1113 އަށް ހުރި ޓިކެޓެވެ. މި އަހަރު ފެށުނު ފަހުން ޓިކެޓަކުން 250 ރުފިޔާވަރު ވަނީ ބޮޑުވެފައެވެ. މިގޮތަށް ހުރިހާ ދަތުރުތަކަށްވެސް ވެސް ފިއުލްސަރޗާޖް ބޮޑު ކުރުމުގެ ސަބަބުން ޓިކެޓް އަގު ވަނީ ބޮޑުވެފައެވެ.

މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ދަތުރުގެ ދިގުމިނަށް ބަލާ ކޮންމެ މަންޒިލަކަށްވެސް ފިއުލް ސާޗާޖް ވަނީ ބޮޑުކޮށްފަ އެވެ.

މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑުވެފައިވާއިރު, އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ޓިކެޓްގެ އަގު ވަނީ 2019 ވަނަ އަހަރު ކުޑަކޮށްފައެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ރައީސް ސޯލިހުގެ ވެރިކަމުގެ ކުރިން ވިއްކަމުން އައި ވަރަށް ޓިކެޓްގެ އަގު މިވަނީ އުފުލިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top