މިފްކޯގެ އުފެއްދުންތައް ރޯދަމަހުވެސް ދަތިކަމެއްނެތި ލިބޭނެ: މިފްކޯ

big_ywwvY4hNLjlaE7FWWcVTrO5cY.jpg

ކޮވިޑް-19ގެ ބޮޑު ކްލަސްޓާއެއް، މިފްކޯގެ މަސްފެކްޓަރީ ހިންގާ ޅ. ފެލިވަރުގައި އުފެދިފައިވީ ނަމަވެސް އެއްވެސް ދަތިކަމެއް ނެތި އެ ކުންފުނީގެ އުފެއްދުންތައް ރޯދަމަހުވެސް ލިބެން ހުންނާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 24 މާޗް އިން ފެށިގެން ފެލިވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވީ ނަމަވެސް މާލެ އާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުން އެކުންފުނީގެ އުފެއްދުންތައް ރޯދަމަހު ވެސް މެދުކެނޑުމެއްނެތި ލިބިގެން ދާނެ ކަމަށެވެ.

މިފްކޯ އިން ބުނީ ކޮވިޑް ގެ މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް އެކުންފުނިން ވަނީ ދުރާލާ ތައްޔާރުވެފައި ކަމަށެވެ. އެހެންކަމުން އެކުންފުނިން އުފައްދާ އެއްވެސް އުފެއްދުމެއް ލިބުން ދަތި ނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ފެލިވަރުގައި އުފެދުނު ކްލަސްޓާއިން ޕޮޒިޓިވްވި މުވައްޒަފުން އެރަށުގައި ގާއިމުކުރެވިފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވިފައިވާކަމަށާ ހުރިހާ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

ފެލިވަރުގައި އުފެދުނު ކޮވިޑް ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް އެރަށުގައި މަސައްކަތްކުރާ 66 މުވައްޒަފުން ވަނީ ޕޮޒިޓިވްވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top