ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް، އުތުރަށް ޔެލޯ އެލާރޓް !

xphoto_2021-03-27_19-49-51-p4u7s5lfoxsc8g77yh8bp52zzao1m3x1ah5uv1wzo4.jpg.pagespeed.ic_.-cucJv1cuo.jpg

މިރޭ މެންދަންވުމާ ހަމައަށް ބޯކޮށްވާރޭ ވެހ ބާރަށް ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

ހއ. އަތޮޅުން ޅ. އަތޮޅު ހިމެނޭ ސަރަހައްދަށް ނެރެފައިވާ މި އެލާޓް ގައި ބުނެފައިވާ ގޮތުގައި އެލާރޓްގެ ވަގުތުގައި މި ސަރަޙައްދުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މިރޭ 8:00 އިން މާދަމާ ރޭ 8:00 އާއި ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމުގައި ވިދާޅުވެފައެވެ.

“ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ” މެޓް އޮފީހުން ވިދާޅުވެފައިވެއެވެ. 

ރާއްޖެގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އެންމެހައި ފަރާތަތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top