ވެސްޓް ވިންގ ގެ،ޕީއެސްފޯ ފީފާ18 ފުޓްބޯޅަ މުބާރާތް ފަށައިފި

FIFA.jpg

ވެސްޓް ވިންގްސް ފީފާ18 ، ކުރިއަށް ދަނީ. –ފޮޓޯ: ވެސްޓް ވިންގް

އޭދަފުށީގެ ވަރަށް ޒުވާން ކުދިން ކޮޅެއް އުފައްދާފައިވާ ވެސްޓް ވިންގ ޖަމިއްޔާގެ ފަރާތުން ބާއްވަމުން އަންނަ “ވެސްޓްވިންގެ ޕިއެސްފޯ ފީފާ 18 ގެ މިއަހަރު މުބާރާތް އިއްޔެ ފަށައިފިއެވެ.

ބެއްލަވިސްޓާ ރެސްޓޯރަންޓްގައި ކުރިއަށް ގެންދާ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީވެސް އެ ރެސްޓޯރެންޓުންނެވެ.

ޖުމްލަ 32 ޓީމް ވާދަކުރާ މި މުބާރާތް އަންނަ ބުރާސްފަތިދުވަހާ ހަމައަށް ދެމިގެން ދާއިރު މުބާރާތުގެ ޗެމްޕިއަން އަށް ޕްލޭސްޓޭޝަން 4 އެއް ދިނުމަށް އެ ޖަމިއްޔާއިންވަނީ ނިންމާފައެވެ.

“ވެސްޓް ވިންގް” އިން މި މުބާރާތް ބާއްވަމުން އަންނަތާ މިއީ 3ވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޝާދިން ޝަކީލް އެވެ. މިއަހަރުގެ މުބާރާތުގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top