”ފޭލި” ޤުރުއާން މުބާރާތް ފަށައިފި

35200399_1764899843599557_1442955814267518976_n.jpg

ފޮޓޯ :ފޭލި

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް ފޭލި ޖަމިއްޔާގެ މިއަހަރުގެ ގުރުއާން މުބާރާތް ފަށައިފިއެވެ.

ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ފެށި މި މުބާރާތުގައި 290 ބައިވެރިން ވާދަ ކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރުގެ މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފީގައި 76 ބައިވެރިން އަދި ބަލައިގެން ކިޔެވުމުގައި 214 މީހުން ބައިވެރިވެއެވެ.

ކޮންމެ ދުވަހަކު ތިން ސެޝަނަކަށް ކުރިއަށްދާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހެނދުނު އެވެ.

މިއީ ހުރިހާ އުމުރު ފުރައެއް ބައިވެރިވެވޭ ގޮތަށް ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުން ހިމެނޭ ގޮތަށް ބާއްވާ މުބާރާތެކެވެ.

ފޭލިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި  ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ރީތިކޮށް ތަޖްވީދު މަގަށް ޤުރުއާން ކިޔެވުމުގެ އާދަ ހަރުލެއްވުން ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top