ސިދުގީއާ، ޒާހިރު ކުއްލިގޮތަކަށް ޏ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފި

ސިދުގީ (ކ) އަދި ޒާހިރު އޭދަފުށީގައި ބޭއވި ބައްދަލުވުމެއްގައި. ދެބޭފުޅުންވެސް ވަނީ ޏ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި / އީވީ ފޮޓޯ: ޕްރިންސް ނަވާ

ސިދުގީ (ކ) އަދި ޒާހިރު އޭދަފުށީގައި ބޭއވި ބައްދަލުވުމެއްގައި. ދެބޭފުޅުންވެސް ވަނީ ޏ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި / އީވީ ފޮޓޯ: ޕްރިންސް ނަވާ

ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ އާއި ކޮމިއުނިޓީ ހެލްތް އޮފިސަރ ޒާހިރު ނަސީރު ކުއްލިގޮތަކަށް ޏ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅު ޒާހިރާއި، ސިދުގީވަނީ އެހޮސްޕިޓަލަށް ނުކުންނަވަންވެސް ފައްޓަވާފައެވެ. ސިދުގީ އަދި ޒާހިރު ޏ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިމިވަނީ ދާދިފަހުން އެހޮސްޕިޓަލްގައި ހިނގާދިޔަ 2 ހާދިސާއަކަށްފަހު ސިއްހީ ދާއިރާއަށް ފާޑުކިއުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ހެލްތް މިނިސްޓްރީން އޭރު ބުނެފައިވަނީ ޏ. އަތޮޅު ހޮސްޕިޓަލްގައި ހިނގާދިޔަ ކަންކަން ބަލައި އެކަންކަން އިސްލާހް ކުރުމަށް މަސައްކަތް ކުރެވުން ދާކަމަށެވެ.

މިކަމާގުޅޭ ގޮތުން ހެލްތްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ. އެހެންނަމަވެސް މިވަގުތު ޏ. އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ސިދުގީ އަބްދުﷲ އީވީއަށް ވިދާޅުވީ ފޯއްމުލަކަށް ބަދަލުވީ މިނިސްޓްރީ އޮފް ހެލްތުގެ އެދިވަޑައިގަތުމަކަށް ކަމަށާ، އެތަނުގައި އެސެސްމަންޓަތަކެއް ހަދަމުންދާކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ އެސެސްމަންޓްތަކެއްކަމެއް ސިދުގީ ވިދާޅެއްނުވިއެވެ.

“ހެލްތުން އެދިވަޑައިގަތީ ޒާހިރާ، އަޅުގަނޑު ކުއްލިގޮތަކަށް މިތަނަށް (ޏ. އަތޮޅު ހޮސްޕިޓަލް) އަންނަން. ދެން ވަގުތުން އައިސް އެދިވަޑައިގެންނެވިކަންކަން ކުރަމުން މިދަނީ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ މިއީ ދާއިމީ ބަދަލެއްނޫންކަމަށާ، އެނބުރި ބ. އަތޮޅު ހޮސްޕިޓަލަށް ލަސްނުވެ ބަދަލުވެވޭނެކަމަށެވެ. ޅ. އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ބައެއްކަންކަން ގޯސްވުމާ ގުޅިގެން މިއަހަރުގެ ކުރީކޮޅުވެސް ސިދުގީ އެހޮސްޕިޓަލުގައި ދުވަސްކޮޅަކު މަސައްކަތްކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top