ވަރީގެ އަދަދު 60އިންސައްތަ މައްޗަށް

52255-how-much-does-divorce-impact-emotional-security-840x385.jpg

މިދިޔަ އަހަރު ރާއްޖޭގައި ވަރި ގިނަވެ ވަރީގެ ނިސްބަތް 60 ޕަސެންޓު މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ޑިޖޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި 5000 އަށް ވުރެ ގިނަ ވަރި ކޮށްފައިވެ އެވެ. އެއީ އެވްރެޖްކޮށް ބަލާއިރު ދުވާލަކު 14ވަރި ކޮށްފައިވެ އެވެ.

ޑީޖޭއޭއިން މިއަދު އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 5117 ވަރި ކޮށްފައިވެ އެވެ. މިއީ 2018 ވަނަ އަހަރާ ބަލާއިރު 61.6 ޕަސެންޓުގެ އިތުރު ވުމެކެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 3199 ވަރި އެވެ.

މިއަދު ނެރުނު ކައިވެނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 6509 ކައިވެންޏެއް ކޮށްދީފައިވެ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެހާސް އަށާރަ ވަނަ އަހަރު ކޮށްފައި ވަނީ 5290 ކައިވެންޏެވެ.

އާބާދީ ކުޑަ ގައުމުތަކުގެ ތެރެއިން ރާއްޖެ އަކީ މުޅި ދުނިޔެ އިން އެންމެ ވަރި ގިނަ ގައުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top