ބޯކޮށް ވާރޭ ވެހިދާނެކަމަށް ލަފާކޮށް ވައިޓްއެލާޓް ނެރެފި

DSCN7580.jpg

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހިދާނެކަމަށް ލަފާކޮށް ބ.އަތޮޅާއި އަރިއަތޮޅާ ދެމެދަށް ވައިޓް އެލާޓް ނއެރެފިއެވެ. އެލާޓް ނެރެފައިވަނީ، ރޭ ފަތިހު 5:00 އިން މިއަދު ހެނދުނު 10:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓްއެލާޓް ނެރެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

ވައިޓްއެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top