ކަރަންޓު ބިލުން ސާޗާޖެއް ނުނަގާނެ : ފެނަކަ

DSC_0015JPG.jpg

ސަރުކާރުގެ ތެޔޮ ކުންފުނި ، އެސްޓީއޯއިން މިއަދު ތެލުގެ އަގު ބޮޑުކުރުމާއި ގުޅިގެން އެ ބަދަލު ކަރަންޓްބިލަށްވެސް އަންނާނެކަމަށް ގިނަ ބަޔަކުހީކުރަމުން އައި ނަމަވެސް އަތޮޅު ތެރޭގެ 152 ރަށަށް ކަރަންޓްުގެ ޚިދުމަތް ދެމުން ގެންދާ ފެނަކައިން ކަރަންޓުގެ އަގަށް އިތުރު ބަދަލެއް ގެނައުމަށް އަދި ގަސްްދު ކުރެވިފައިނުވާ ކަމަށާއި ސާޗާޖްވެސް ނުނަގާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ފެނަކަ އަށް ޕެޓްރޯލާއި ޑީސަލް ސަޕްލައި ކޮށްދެނީ އެސްޓީއޯއިންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ސަން އަށް ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ފިއުލް ސާޗާޖު ބޮޑު ނުކުރަން ނިންމީ ސަރުކާރުގެ ލުއި ފަސޭހަ ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ ގޮތުން، ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް އަށް ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގޭނެ އެވެ.

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުވުމާއެކު އެކު މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލިޓަރެއް ގަންނަން ލިބޭނީ 9.17 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 9.52 ރުފިޔާ އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top