ކެންދޫ މޮނިޓަރިން އަށް

DJI01548-1.jpg

ބ. ކެންދޫ

ކޮވިޑް ގެ ބަލިމަޑުކަން އިތުރުވަމުން ދާތީ ބ.ކެންދޫ އަށް އަރައިފޭބުން މަނާކޮށް މޮނިޓަރިންގ އަށް ލައިފިއެވެ.

ކެންދޫ ހެލްތް ސެންޓަރުން ރޭ ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެރަށުގައި ކޮވިޑް ޖެހިފައިތިބި 42 މީހުން އެބަތިއްބެވެ.

މިއާއެކު ކެންދޫން 186 ސާމްޕަލް ނަގާފައި ވާއިރު 123 ސާމްޕަލް ނެގެޓިވް ވެފައިވެއެވެ.

ކެންދޫން ކޮވިޑްގެ ބަލިމަޑުކަން ފެނިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެޗްއީއޯސީ އިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތުވެސް 32 ރަށެއް ވަނީ މޮނިޓަރިން ހާލަތުގައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top