ފެނުގެ ޚިދުމަތަށްއެދުމަށް އިތުރުމުއްދަތު ދީފި

DSCN7782.jpg

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރާ ކުންފުނީގެ އޭދަފުށީ ސައިޓް - ފޮޓޯ :އީވީ

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު ބޯފެނުގެ ޚިދުމަތަށް އެދުމުގެ މުއްދަތު ދެވަނަ ފަހަރަށް މިއަދު އިތުރު ކޮށްފިއެވެ.

ރަށު ކައުންސިލުން ބުނީ އިތުރު މުއްދަތެއް ދިނީ ފެނުގެ ހިދުމަތަށް ބޭނުންވެދާނެ އިތުރު ގޭގެ އަދިވެސް ހުރެދާނެކަމަށް ފެންނާތީ ފުރަތަމަ ދިން މުއްދަތުގައި ރަޖިސްޓަރީ ނުކޮށް ހުރި ގޭގެއަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ބޯފެނުގެ ނިޒާމަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފައިވަނީ މިމަހުގެ 15 އާ ހަމައަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ އޭދފުށީގައި 598 ގޭބިސީ ހުންނައިރު ފެނުގެ ހިދުމަތަށް މިހާތަނަށް 500 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

74.3 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން އޭދަފުށީގައި ގާއިމުކުރާ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށިގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދެއްގައި ފެންހޮޅި ވަޅުލައި ރަށުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި ފަސޭހަކަމާއެކު ރައްޔިތުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

މިމަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މަާޗްމަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top