ތުޅާދޫގައި މިއަހަރު ހޮސްޕިޓަލެއް އަޅަން ހަވާލު ކުރެވޭނެ: ނަސީމް

122431191_2758210531117639_160591334987836337_n-1.jpg

ފޮޓޯ :ތުޅާދޫ އޮންލައިން

ބ.ތުޅާދޫގައި މިއަހަރު ސަރުކާރުގެ ހަރަދުގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ހަވާލު ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ގދ.ތިނަދޫގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލް ފެށޭނެ ތާރީހެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ތުޅާދޫގައި އަޅަނީ ކިހާވަރެއްގެ ކިތައްއެނދުގެ ހޮސްޕިޓަލްކަމެއް ވިދާޅެއް ނުވެއެވެ.

މި ޖަލްސާގައި ނަސީމް ވަނީ މިހާރު ކުރިއަށްދާ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާ މަރުހަލާތައް ވެސް ސާފުކޮށްދެއްވާފަ އެވެ.

މީގެ ތެރޭގައި އެނދުގެ އަދަދެއް އަދި ކަނޑައަޅާފައި ނުވާ ތިން ހޮސްޕިޓަލެއްގެ މަސައްކަތާއި، 30 އެނދުގެ 12 ހޮސްޕިޓަލަކާއި، 50 އެނދުގެ ހަތް ހޮސްޕިޓަލަކާއި، 100 އެނދުގެ ތިން ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ތެރޭ ޓެންޑަކޮށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ހަތް ހޮސްޕިޓަލެއްގެ މަސައްކަތް އަންނަ މާޗު މަހު ޓެންޑަ ކުރެވޭނެއެވެ. އަދި ދެން ހުރި ހޮސްޕިޓަލްތަކުގެ މަސައްކަތް ވެސް އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެންޑަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top