ގަބުރުސްތާނު ސާފުކުރާނެ ބަޔަކު ހޯދަން އިޢްލާންކޮށްފި

13.jpg

އޭދަފުށީ ގަބުރުސްތާނު މިހާރު އޮތްގޮތް ދައްކައިދޭ މަންޒަރެއް. ގަބުރުސްތާނުގެ ބޮޑުބައެއަގައި ވަނީ ވާބޯވެފައި / އީވީފޮޓޯ ޕްރިންސް ނަވާ ފޮޓޯގްރަފީ

ވިނަބޯވެ ވާހެދެމުންދާ އޭދަފުށީ ގަބުރުސްތާނު ވިނަ ނޮޅައި ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް އޭދަފުށީ ކައުންސިލުން އިޢްލާންކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިކަމަށް އިޢްލާންކުރީ އޭދަފުށި ވޮއިސްގައި ގަބުރުސްތާނުގައި ވިނަބޯވަމުންދާތީ (ފޮޓޯއިން ހަބަރު) ގެނެސްދިންތާ 2 ދުވަސްފަހުން 6 މާރޗް 2017 ވަނަ ދުވަހުއެވެ.

އޭދަފުށީ ކައުންސިލްގެ އިޢްލާންގައިވަނީ ގަބުރުސްތާނު ސާފުކޮށްދިނުމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 9 މާރޗް 2017 ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށައަޅަންޖެހޭ ތާރީހަކީ 12 މާރޗް 2017 ވާ އާދީއްތަދުވަހުއެވެ.

ގަބުރުސްތާނުގައި ވާބޯވުމާ ގުޅިގެން މީގެ ކުރިންވެސް މަދުފަހަރަކު މީޑިޔާގެ ސަމާލުކަމަށް އައިސްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top