ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލައިފި

DSCN4521.jpg

އޭދަފުށި ކައުންސިލަށް ކުރިމަތިލާފައިވާ 11 ކެންޑިޑޭޓުންނާއި، މިވަގުތު ރަށުގައި ނެތުމުގެ ސަބަބުން ޕީޕީއެމް އިން ކުރިމަތިލެއްވި މުހައްމަދު ރިޒާގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވި މަމްނޫނާ އަބްދުﷲ ފޮޓޯއަކަށް ހުއްޓިގެން / އީވީ ފޮޓޯ

އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އޭދަފުށީ ކައުންސިލާއި ބ.އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިއަދު ބާއްވައިފިއެވެ.

އޭދަފުށީ ކައުންސިލްގެ ފަރާތުން މިއަދު އެރަސްމިއްޔާތު ބާއްވާފައިވަނީ މަލްޓި ޕާޕަސް ބިލްޑިންގ ގެ 3ވަނަ ފަންގިފިލާގައެވެ.

މި އިންތިހާބުގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލާފައިވަނީ 12 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އިން 5 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޓޭޓުންނެވެ.

ރަށު ކައުންސިލް އިންތިހާބުގެ އިތުރުން އަތޮޅު ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވަނީ  7 ކެންޑިޓޭޓުން ނެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަންބަރު ތަރުތީބުން)

1. މުހައްމަދު ރިޒާ، މޫސުންރަބީއު (ޕީޕީއެމް)
2. މުހައްމަދު ނަސީރު، އަމަން (އަމިއްލަ)
3. ނައުޝާދު އަހުމަދު، މާފޮޅޭގެ (އެމްޑީޕީ)
4. އިރުޝާދު އިބްރާހިމް، ރާސްތާ (ޕީޕީއެމް)
5. ޒައިދު އަލީ، ހަލީމާ ހައުސް (އަމިއްލަ)
6. އަހްމަދު ރިޒާ، އުނިމާގެ (އެމްޑީޕީ)
7. ޝަމްލާ އަބްދުﷲ، މުޝްތަރީގެ (ޕީޕީއެމް)
8. އަހްމަދު ނާސިރު، ސިއްދަތުރަ (އެމްޑީޕީ)
9.  ތޮލާލު އަބްދުއްރަހްމާން، މާފަރު (ޕީޕީއެމް)
10. ހައްވާ ސަމީހާ، އަސަރީގެ (ޕީޕީއެމް)
11. ޔާސިރު ހުސައިން، ފިޔަޖަހާގެ (އެމްޑީޕީ)
12. ހަމްދޫން މުހައްމަދު، ޓިކާނާ (އެމްޑީޕީ)

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ނެގުން އޮންނާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގައި މާލޭގެ ރައްޔިތުން ވޯޓްލުމަށް 55 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތެެރޭގެ ރައްޔިތުންނާއި، އައްޑޫ އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓްލުމަށް މާލޭގައި އިތުރު 77 ވޯޓް ފޮށި ބަހައްޓާނެ އެވެ. އަދި ޖަލުތަކުގައި 4 ވޯޓް ފޮށި ބެހެއްޓުމަށް ހަަމަޖެހިފައިވާއިރު، ރިސޯޓްތަކުގައި 21 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މީހުން ދިިރިއުޅޭ ރަށްތަކުގައި 302 ވޯޓް ފޮށި ބެހެއްޓުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top