ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމުގެ މަސައްކަތް އަންނައަހަރު ފަށާނެ: ގަވަރުނަރު

large_162963125157y9RE.jpg

އެމްއެމްއޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ކަނޑައަޅާފައިވާ ސިޔާސަތު އެކި ފިޔަވަހިތަކަށް ބަަހާލައިގެން އަންނަ އަހަރު ތަންފީޒު ކުރާނެ ކަމަށް، މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެެވެ.

އެމްއެމްއޭއިން އެކަން ހާމަކޮށްފައިވަނީ މިއަދު އޮތް ރައްޔިތުންފެ މަޖިލީހުގެ ބަޖެޓު ކޮމިޓީއެއްގައެވެ. ބަޖެޓު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

މި ކޮމިޓީގައި ގަވަރުނަރު ހާޝިމް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ޓަކައި ހަދާފައިވާ ޑީ ޑޮލަރައިޒޭޝަންގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ފުރަތަމަ ބައްދަލުކޮށްފައިވަނީ ބޭންކިން ދާއިރާއާ ގުޅޭ ފަރާތްތަކާ. އެއަށްފަހު ދެން ޑީޑޮލަރައިޒޭޝަންގެ ސިޔާސަތަށް ދެ ގަވާއިދެއް ވާނީ ހަދާފައި،” ހާޝިމް ވިދާޅުވިއެވެ.

އެއީ މަނިޓަރިންގެ ގަވާއިދަކާއި ފޮރިން އެކްސްޗޭންޖް ލައިސެންސިންގެ ގަވާއިދެކެވެ.

“މި ދެ ގަވާއިދު ހެދުމަށްފަހު ޕްރައިވެޓް ސެކްޓާއާ ޑިސްކަޝަންސްތައް ކުރިއަށް ގެންދިއުމުގެ ކުރީގައި އަދި އެއް ފަހަރު ސްޓޭކް ހޯލްޑާ ތެރޭފައި އެކި ފަރާތްަތައް އިކޮނޮމިކް މިނިސްޓްރީއާއި ފައިނޭންސް މިނިސްޓްރީ އާއި ޕޮލިސީ މޭކަރުންނަށް ގަވައިދުތަކުގެ ތެރޭގައި ހުރި ޑީޓެއިލްތައް ކިޔައިދިނުމުގެ މަރުހަލާގައި މި ވަގުތު އޮތީ.” އަލީ ހާޝިމް ވިދާޅުވި އެވެ.

މީގެ ކުރިން އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމްއެމްއޭއިންވަނީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުނެފައެެވެ.

ނަމަވެސް ކޮވިޑު19 އާއެކު ދިމާވި ދަތިތަކުގެ ސަބަބުން އެ ކަން ތަންފީޒުކުރުމަށް ލަސްކަމެއް އައިސްފައިވާކަމަށް ޑެޕިއުޓީ ގަވަރުނަަރު އިމާދުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ސިޔާސަތާއެކު ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އިމާދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top