އިންޓަރ ސްކޫލް ވޮލީބޯޅަ ތަށި ގޮއިދޫން އަނެއްކާވެސް މިލްކުކޮށްފި

image-0-02-06-2a1a89338ef38b68c3c1268a99d33e1945ab5e7f737b07f0cb9d815caf479520-V.jpg

ގޮއިދޫ އަންހެން ވޮލީ ޓީމް ރޭގެ މެޗަށްފަހު ފޮޓީޯއަކަށް ހުއްޓިގެން. / އީވީފޮޓޯ: އަހްމަދު ޝާމް

ލިޔުނީ: އަހްމަދު ޝާމް

މާލޭގައި ކުރިޔަށްދާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ބ. ގޮއިދޫ އަންހެން ވޮލީ ޓީމް ހޯދައި، ތާރީހްގެ ތެރެއަށް ވަދެއްޖެއެވެ.

ގޮއިދޫ ސްކޫލުން ވަނީ މިދިޔަ މަހު އޮތް އިންޓަރ ސްކޫލް ބީޗް ވޮލީބޯޅަ މުބާރާތްވެސް ޖެހިޖެހިގެން 3 އަހަރު ކާމިޔާބުކޮށް ތަށި މިލްކުކޮށްފައެވެ.

މިހާރުކުރިޔަށްދާ އިންޑޯ ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން ގޮއިދޫ ހޯދީ ރޭ މާލޭގައި ކުޅުނު ފައިނަލްމެޗް އަހްމަދިއްޔާ ސްކޫލްއަތުން 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ގޮއިދޫ ސްކޫލް ފައިނަލް މެޗްގައި މޮޅުވީ ފުރަތަމަ ސެޓް އަހްމަދިއްޔާއިން ގެންގޮސް ގޮއިދޫ ހާސްކޮށްލާފައިވަނިކޮށް ފަހު ތިންސެޓް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޗެންޕިއަންކަން ލިބި ތަށި މިލްކު ވުމައެކު އަންހެން ޓީމަށް ގޮއިދޫގެ ވަރަށްގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ހޫނު މަރުހަބާއެއް އަންނަނީ ކިޔަމުންނެވެ.

ގޮއިދޫ ސްކޫލްގެ ފިރިހެން ޑިވިޜަންގެ ޓީމްވެސް ވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މިދިޔަ އަހަރު ރަނަރއަޕްކަން ހޯދި ޓީމް، މިއަހަރު ފައިނަލްގައި ވާދަކުރާނީ ޗެންޕިއަން މާފުށީ ސްކޫލާއެވެ. ގޮއިދޫ ސްކޫލުން ބުނީ މިރޭ ކުޅޭ މިމެޗްވެސް ކާމިޔާބުކުރުމުގެ އުއްމީދު ބޮޑުކަމަށާ، ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗްތަކެއް ކާމިޔާބު ކުރެވިފައިވުމުން އިތުބާރު ބޮޑުވެފައިވާކަމަށެވެ.

ކުޅިވަރާ، އެތުލެޓިކްސްގައި މުޅިރާއްޖެއިންވެސް ފާހަގަކޮށްލެވޭ ގޮއިދޫއަކީ އާދަޔާހިލާފް މޮޅު ހުނަރުވެރި ބައެއްކަމަށް ރާއްޖޭގެ ގައުމީ ކޯޗުންވެސް ދަނީ ފާހަގަކުރަމުންނެވެ. ގޮއިދޫ ސްކޫލުން ބުނަމުންދަނީ، ކާމިޔާބުގެ ފަހަތުގައި އެރަށުގެ ރައްޔިތުންގެ އެކުވެރިކަމާ، އެއްބައިވަންތަކަށް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top