ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަންވެސް ގޮއިދޫއަށް

goidhoo.jpg

ޗެންޕިއަންކަން ހޯދި ގޮއިދޫ ޓީމާ، އޮފިޝަލުން / އީވީ ފޮޓޯ: ޝާމް

މާލޭގައި ކުރިޔަށްދިޔަ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަންވެސް ބ. ގޮއިދޫ ސްކޫލުން ހޯދައިފިއެވެ.

16 އަހަރުން ދަށުގެ އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯމަދުވަހު ހޯދައި އަންހެން ޓީމްވަނީ ތަށިވެސް މިލްކް ކޮށްފައެވެ.

ފިރިހެން ޓީމު ޗެންޕިއަންކަން ހޯދީ އިއްޔެ ފައިނަލްގައި ކ. މާފުށީ ޓީމް ސީދާ 3 ސެޓުން ބަލިކޮށްގެންނެވެ. މާފުއްޓަކީ މިދިޔަ އަހަރު ފައިނަލްގައި ގޮއިދޫ ބަލިކޮށް ޗެންޕިއަންކަން ހޯދި ޓީމެވެ.

އިންޑޯ ވޮލީގައި ދެގްރޫޕުން ގޮއިދޫ ޗެންޕިއަންކަން ހޯދިއިރު، ބީޗްވޮލީގައިވެސް ދެގްރޫޕުން މިދިޔަ މަހު ވަނީ ޗެންޕިއަންކަން ހޯދާފައެވެ. ގޮއިދޫ ޓީމް މިފަހަކަށް އައިސް ހޯދަމުންދާ ކާމިޔާބީތަކަކީ އެރަށުގެ ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމަކާއެކު ހޯދަމުންދާ ކާމިޔާބެއްކަމަށް ގޮއިދޫ ސްކޫލުން ބުނެއެވެ.

ގޮއިދޫ ޓީމަށް މަރުހަބާ ކިއުމަށް އެރަށު ރައްޔިތުން މިހާރު ތައްޔާރުވަމުންދާކަމަށް ގޮއިދޫގައިހުރި ރިޕޯޓަރު މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top