ނައިފަަރު މިސްކިތެއްގައި ހިފްޒު ކޮށް ތަރާވީސް ކުރަނީ ސްކޫލް ދެކުދިން

337118960-186521880797813-7339616700010334967-n.jpg

ޅ. ނައިފަރުގެ މިސްކިތެއްގައި ހިފްޒުކޮށް ތަރާވީސް ނަމާދު އިމާމްވެ ކުރަނީ ސްކޫލް ދެ ދަރިވަރުން ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ މި ރޯދަ މަހު އެ ރަށު މަސްޖިދުއްތަގުވާގައި ހިފްޒުކޮށް، ތަރާވީސް ނަމާދު ކުރާނީ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދެ ދަރިވަރުން ކަމަށްވާ، އަބްދުﷲ ހަޔާން ހަމީޒް އާއި އާސިރު އާރިފް ޔޫނުސް ކަމަށެވެ.

އެ ދެ ކުދިން ވަނީ މިދިޔަ އަހަރު ނައިފަރުގެ މިސްކިތްތަކުގައި އިމާމުވެ، ދަމުނަމާދު ވެސް ކޮށްދީފަ އެވެ. މިއީ ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިފްޒު ކުލާހެއްގައި ކިޔަވަމުން އަންނަ ކުދިންނެވެ.

ސްކޫލް ދަރިވަރުން މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކޮށްދޭތީ އެރަށުގެ ގިނަ ބަޔަކު އެކުދިންނަށް ތައުރީފު ކުރަމުން އަންނަ އިރު ރަށުގައި އޮންނަ ޒުވާން ފިރިހެން ގްރޫޕަކުން އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން މީގެ ކުރިން ވަނީ ހިފްޒުކޮށް ތަރާވީސް ކުރި ދަރިވަރުންގެ އަގު ވަޒަން ވެސް ކޮށްފައެވެ.

އެގްރޫޕުން ބުނަނީ މިއަހަރުގެ ރޯދަ މަހު ވެސް ހިފްޒުކޮށް ތަރާވީސް ނަމާދު ކޮށްދޭ ދަރިވަރުންނަށް އެގްރޫޕުގެ ފަރާތުން ކޮންމެ ވެސް ކަހަލަ ހަދިޔާއެއް ދޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top