ދޮށީ އުމުރުގެ މީހުންނަށް އަޅާލައި އޯގާތެރިވުމަށް ޖެންޑަރ މިނިސްޓަރު ގޮވާލައްވައިފި.

DSCN7718.jpg

އޭދަފުށީގެ އިސް ރަށްވެހިން ކޮޅެއް.

ދޮށީ އުމުރުގެ މީހުންނަށް އަޅާލައި އޯގާތެރި މުޖްތަމައެއް ބިނާ ކުރުމަށް ޖެންޑަރ މިނިސްޓަރު ޑރ.އައިޝާ މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެމިނިސްޓްރީ އިން ކޮށްފައިވާ ޓުވީޓެއްގައެވެ.

ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް، އެ ފަރާތްތަކުގެ ބައިވެރިވުމާއި، ދުޅަހެޔޮކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމުގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް އަނިޔާވިޔަ ނުދިނުމަށްވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 39 މައްސަލައެއް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވެއެވެ. މިއަހަރު އެންމެ ގިނައިން މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ. އެމަހު 20 މައްސަލަ ހުށައެޅިއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ 83 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެންމެ ގިނައިން މިފަދަ މައްސަލަ ހުށަހަޅާފައިވަނީ ފެބުރުއަރީ މަހުއެވެ. އެމަހުގައި 16 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިއަހަރު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 59 އިންސައްތަ މައްސަލައަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ފިރިހެނުންނަށް ކޮށްފައިވާ އަނިޔާގެ މައްސަލައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top