ކަރަންޓް މައްސަލަ ހައްލުކުރުމަށް އޭދަފުއްޓަށް 1 މެގަވޮޓް އިންޖީނެއް؟!

eydha-engine-450kva.jpg

2013 ވަނައަހަރު އޭދަފުއްޓަށްގެނައި 400ކވ އިންޖީނު ބޭލުމުގެ މަސައްކަތުގެ ތެރެއިން. އޭދަފުށީގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް 1 މެގަވޯޓް އިންޖީނެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން / ފޮޓޯ: ފައިލް

އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 1 މެގަވޮޓް (1000ކވ)ގެ އިންޖީނެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ އޭދަފުއްޓަށް ދިމާވެފައިވަނީ ލޯޑް ބޮޑުވުމުގެ މައްސަލަ ކަމަށާ، އެކަން ހައްލުކުރެވެން އަންނަނީ އެރަށަށް އިތުރު އިންޖީނެއް ލިބިގެންކަމަށާ، އެކަމާގުޅޭ މަޝްވަރާތައް ހެޑްއޮފީހާއެކު ކުރެވެމުންދާތާ، ދުވަސްތަކެއް ވެއްޖެކަމަށެވެ. އޭދަފުށީގެ ކަރަންޓްގެ ހާލަތާބެހޭގޮތުން ބ. ރީޖަނަލް އޮފީހުގެ ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް އީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭދަފުށީގެ ހާލަތުން އަރައިގަތުމަށް މިވަގުތު 1 މެގަވޮޓަށް ވުރެ ކުޑަ އިންޖީނެއް ނުފުދޭކަމަށެވެ. އަދި އިންޖީނު ގެނައުމަށް ޓެންޑާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށްވެސް އަލީ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން. އޭދަފުށީގެ ކަރަންޓް ބޭނުންކުރާ ނިސްބަތް އިންތިހާއަށް މިދަނީ މަތިވަމުން. މިކަން ކޮންޓްރޯލެއް ނުވޭ. އެހެންވީމާ، 1 މެގަވޮޓް ގެންނަން މިމަަސައްކަތް ކުރަނީ. މިހާރު ޓެންޑާ ކުރުމުގެ މަރުހަލާ އެދަނީ” އަލީ ވިދާޅުވިއެވެ.

އަލީ ޝަފީޤް ވިދާޅުވީ ޓާގެޓްކުރީ ރޯދައިގެ ކުރިން އިންޖީނު ގެނައުމަށްކަމަށާ، ނަމަވެސް ދިމާވާ އެކިއެކި ސަބަބުތަކާ ހުރެ ލަސްވަމުންދަނީ ކަމަށެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އިންޖީނު ބަހައްޓައި ކަރަންޓް މައްސަލައަށް ހައްލެއް ގެނެވޭވަރުވާނޭކަމަށް އަލީ ވިދާޅުވިއެވެ.

“ވަރަށް ދިގު ޕްރޮސެސް އެއްމިއީ. އަނެއްކާ ރާއްޖެއިން ސީދާ ލިބެންހުންނަ އެއްޗެއްނޫން މިވަރުގެ އިންޖީނުތަކަކީ. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރަން ބޮޑުއީދުގެ ކުރިން އިންޖީނު ބެހެއްޓޭވަރުވާނޭކަމަށް”

އަލީ ޝަފީޤް ވިދާޅުވީ އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ އަދި މުޅިން ހައްލުނުވާކަމަށާ، ހޫނުގަދަ ދުވަސްތަކުގައި ކަރަންޓް ކެނޑުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މިކަމުން ސަލާމަތްވެވޭނީ އާންމުންގެ އެއްބާރުލުމާއެކު ކަމަށާ، ބޭކާރުގޮތުގައި ކަރަންޓް ބޭނުންނުކުރުމަށް އިލްތިމާސް ކުރައްވާކަމަށް އަލީ ވިދާޅުވިއެވެ.

އޭދަފުށީގައި ކަރަންޓް ދިނުމަށް މިވަގުތު ބޭނުންކުރަމުންދަނީ 3 އިންޖީނެވެ. އެއީ 300ކވ، 400ކވ އަދި 600ކވ އިންޖީނުތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top