ނާސިހްއާއި، ޝާފިއުވެސް މާސްޓާރ ނަންގަވައިފި. މަރްޚަބާ

17626159_10206772860680415_7445371397295111338_n.jpg

މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލް ކުރެއްވި ނާސިހް ހަމީދު (ވ ފަރާތުން ދެވަނައަށް( އަދި މުހައްމަދު ޝާފިއު އޭނާއާ ޖެހިގެން ކަނާތަށް. މިދެބޭފުޅުން މާސްޓަރ ހާސިލް ކުރެއްވީ އެޑިއުކޭޝަންގެ ދާއިރާއިން / ފޮޓޯ: ފޭސްބުކް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހިންގި މާސްޓަރ އޮފް އެޑިއުކޭޝަން ކޯސް ފުރިހަމަ ކުރައްވައި ބ. އަތޮޅުގެ ދެދަރިން އަތޮޅަށް ފަހުރުވެރި ނަން ހޯދައިދީފިއެވެ.

މިނަން ބ. އަތޮޅަށް ހޯދާދެއްވި ދެފަރާތަކީ ބ. ދަރަވަންދޫ މުހައްމަދު ނާސިހާއި، ބ. ތުޅާދޫ މުހައްމަދު ޝާފިއުއެވެ. މިދެބޭފުޅުންގެ ތެރެއިން ނާސިހްއަކީ ބ. ދަރަވަންދޫގައި ހުންނަ ބ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމްގައި ހުންނެވި ބޭފުޅެކެވެ. ޝާފިއު މަސައްކަތް ކުރައްވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގައެވެ.

މިދެބޭފުޅުންނަށް ދަސްވެނިވިކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އާދީއްތަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޝާފިއުއާއި، ނާސިހްގެ އިތުރުން ބ. އަތޮޅުގެ 3 ބޭފުޅަކަށް އެރަސްމިއްޔާތުގައި މާސްޓަރ ސެޓްފިކެޓް ލިބިވަޑައިގަތެވެ.

ޝާފިއު އާއި ނާސިހްއަށްވެސް އީވީގެ ފަރާތުން މަރްހަބާއާއި ތަހުނިޔާ ރައްދު ކުރަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top