މިލައިދޫ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ފަށައިފި

573b7598c4567.jpg

ޔުނިވަރސަލް އެންޓަރޕްރައިޒްގެ ފަރާތުން ބ. އަތޮޅުގައި އަލަށް ހުޅުވަން ތައްޔާރުވެފައިވާ މިލައިދޫ ރިސޯޓަށް ބޭނުންވާ މުވައްޒަަފުން ހޯދަން އެކުންފުނިން ފަށައިފިއެވެ.

ފައިވްސްޓާރ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި ރިސޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން 200އެއްހާ މުވައްޒަފުން ބޭނުންވާނެކަމަށް އެ ކުންފުނިން ބުނެފައިވާއިރު މުވައްޒަފުން ނެގުމަށް މިއަދު ހެނދުނު 10:00 ން ފެށިގެން ސޯލްޓް ރެސްޓޯރެންޓް ހުންނަ ޝައިން ޓްރީ ބިލްޑިންގ ގައި އޯޕަންޑޭ ޕްރޮގްރާމެއް  ކުރިއަށް ގެންދަމުން އެބަދެއެވެ.

އީވީއަށް އެނގިފައިވާ ގޮތުގައި މިވަގުތު  މިލައިދޫގެ ވަޒީފާތަކަށް މީހުންނެގުމުގައި އިސްކަން ދީފައިވާނީ ރިޒޯޓު ހުޅުވުމަށް ބޭނުންވާ ސެކްޝަން ތަކުގެ ވެރިންގެ މަގާމަށާއި ސުޕަވައިޒަރުންގެ މަގާމުތަކަށެވެ.

100 އެނދުގެ މި ރިސޯޓު ހުޅުވުމާއެކު ޔުނިވަރސަލް ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ އަދަދު 10 އަށް އެރީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top