ގްރޫޕް ބީއިން ޔުނައިޓެޑް ވީ ސެމީފައިނަލަށް

ޔުނައިޓެޑްވީއާއި ސައިނޯސާ ބައްދަލުކުރި މެޗް. ފޮޓޯ: އީޓީ/ސައިނޯސާ ރާއި

ޔުނައިޓެޑްވީއާއި ސައިނޯސާ ބައްދަލުކުރި މެޗް. ފޮޓޯ: އީޓީ/ސައިނޯސާ ރާއި

އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން މިއީދުގައި ކުރިއަށްގެންދާ “ޔާމީން 2018 “ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނީ ސައިނޯސާއާއި ޔުނައިޓެޑްވީ ގެ މެޗެވެ. މިމެޗުން 1-0ގެ ނަތީޖާއާއެކު ޔުނައިޓެޑްވީ މޮޅުވެގެން އެޓީމް މިހާރުވަނީ ގްރޫޕް ބީ އިން ސެމީއަށް ގޮސްފައެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި އެއްވަނަ ޓީމެއްގެ ގޮތުގައި އޮތީ ސެމީފައިނަލަށް ގޮސް ހަމަޖެހިލައިގެން އޮތް ސޮނޭވާފުށި ރިސޯޓެވެ.

ތިން ޓީމް ހިމެނޭ ގްރޫޕް ބީއިން ދެން ސެމީއަށް ދަތުރުުކުރާނެ ޓީމް ކަށަވަރުވާނީ މާދަމާ ކުޅޭ ވެލާ ސިޓީއާއި ޔުނައިޓެޑް ވީގެ މެޗަށްފަހުގައެވެ.

ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުކަމަށާއި ފައިނަލް މެޗް އޮންނާނީ އަންނަ އާދީއްތަ ދުވަހުކަމަށް ޒުވާނުންގެ ކްލަބުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top