ބަށިމުބާރާތަށް މިވީކިހިނެއް؟

6567_a9_news.jpg

މި އަޟްހާއީދުގެ މުނާސަބަތުގައި އޭދަފުށީގައ ބާއްވަން ނިންމާފައިވާ މަހާރެހެންދި ، މެޑަމް ފާތިމަތު އިބްރާހީމްގެ ހަނދާނީ ވާދައިގެތައްޓަށް ކުޅޭ ބަށިމުބާރާތުގައި ފަސްޓީމް ބައިވެރިވެ ފޯރީގައި ފަރިތަކުރުންވެސް ކުރިއަށް ގެންގޮސް ފަހު ވަގުތުު މުބާރާތުން ތިންޓީމް ވަކިވެއްޖެއެވެ.

މިމުބާރާތް ރާވާހިންގާ އޭދަފުށީ ޒުވާނުންގެކްލަބްގެ އިސް ފަރާތެއްކަމުގައިވާ މުހައްމަދު ޒާހިދު (ބައްޓޭ ) މިކަމާބެހޭގޮތުން ބުނީ ތިން ޓީމް މުބާރާތުން ވަކިވެއްޖެކަމަށާއި މުބާރާތުން ވަކިވީ އިންތިޒާމުތައް ދަށްކަމަށް ބުނެފައެވެ. އެހެންނަމަވެސް އަސްލު މައްސަލައަކީ ތިން ޓީމް ވަކިވީ ހުރިހާ އެންމެން ބޭނުންވާގޮތް ހަދައިދެވެން ނެތުމުންނެވެ.

“ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ މިދުވަސްވަރަކީ ބޯކޮށް ވާރޭވެހޭދުވަސްވަރަކަށް ވުމުން ބަށިމުބާރާތެއް މިގޮތަށް މޫސުން އޮވެގެން ނުބޭއްވޭނެ. ބައްޓަކީ ސައުންޑް ބޭނުންވާ އައުޓްޑޯގޭމެއް. ވާރޭވެހޭއިރު ކިހިނެއް ސައުންޑް ގެންގުޅެނީ ؟ ” ބައްޓޭ ސުވާލު އުފައްދަމުން ބުންޏެވެ.

“ބައެއް ޓީމްތަކުން އެބަބުނޭ އެމީހުން އެހެން ކުޅިވަރުތައްވެސް ކުޅެން ޖެހޭ ވާހަކައާ އެ ކުޅިވަރުތަކަށް ފުށުނާރާގޮތަށް އިންތިޒާމު ކޮށްދޭށޭ. އަނެއް ބަޔަކު މި ބުނަނީ ރަށުގެ އަމްޕަޔަރުން ލައިގެން ކުޅެން ބޭނުންނުވާ ވާހަކަ. މިހިރީވެސް ހުށަހެޅިފަހުރި މައްސަލަ. އެހެންވީމާ ކުރިންވެސް ބުނިހެން އަސްލު މައްސަލައަކީ އެއީއެއްނޫން. މައްސަލައަކީހުރިހާ އެންމެން ބޭނުންވާގޮތަށް ކަންތައް ހަމަޖައްސައި ނުދެވުން.” ބައްޓޭ ސާފުކޮށްދިނެވެ.

ބައްޓޭ މިހެން ބުނާއިރު އޭގެ ތެރެއިން ބައެއް ޓީމްތަކުން އީޓީއާ ވާހަކަދައްކަމުން މުބާރާތުން ވަކިވާންޖެހުނީ މުބާރާތުގެ އިންތިޒާމުތައް ދަށްކަމުން ކަމުގައި ބުނެފައި ވެއެވެ.

މުބާރާތުން ވަކިވެފައިވަނީ ގަލްފްގާލްސް އާއި ފްރެންޑްސް އަދި ބ.އޭއީސީ އެވެ.

މިހާރު މިމުބާރާތުގައިވާދަކުރާނީ ދެޓީމް ކަމަށްވާތީ މުބާރާތް ބޭއްވުން ނުވަތަ ނުބޭއްވުމާމެދު އިތުރު ގޮތެއް ނުނިންމާކަމަށް ބައްޓޭ ބުންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރ. ކަނޑައަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ. އިތުރުން މުބާރާތުގެ ބަށިރާނީއަށް ޓްރޮފީއަކާއި އިތުރު އިނާމުވެސް ލިބެއެވެ..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top