ބައިލައްކަ ރުފިޔާގެ ޤުރުއާން މުބާރާތެއް ބާއްވަނީ

muslim-boy-reading-the-quran-BNJ46N-800x459-800x459.jpg

އޭދަފުށީ ދެވިނަގޭ އަލްމަރްހޫމް އަބްދުއްރަހްމާނު މުހައްމަދުގެ ހަނދާނުގައި ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ގުރުއާން މުބާރާތެއް އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެއާއިލާ އިން ބުނެފިއެވެ. މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތްތަކަށް ބައިލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އާއި ދެވަނަ އަދި ތިން ވަނައަށް ވެސް އަގުހުރި އިނާމުތަކެއް ކަނޑައެޅިފައިވެއެވެ.

މުބާރާތް ބޭއްވުމުގެ މަގްސަދަކީ އޭދަފުށީގައި ތަޖްވީދު މަގަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް އުފެއްދުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއެކު ޤުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުން ކަމަށް އެއާއިލާ އިން މައުލޫމާތުދެއްވިއެވެ.

މި އަހަރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މުބާރާތުގައި ބައިވެރި ވެވޭނީ އޭދަފުއްޓަށް އުފަން އޭދަފުށީގައި ދިރިއުޅޭ އޭދަފުށީގެ ރައްޔިތުންނެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރުން މައްޗާއި 16 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރުން ދަށުގެ ބައެކެވެ.

މުގައްރަރު ހަމަޖެހިފައިވާ ގޮތް

10 އަހަރުން ދަށުގެ ކުދިންނަށް (ޢައްމާފޮތް ހިތުން)

16-10 އަހަރާ ދެމެދަށް – (16ވަނަ ފޮތުން ފެށިގެން 30ވަނަ ފޮތާ ހަމައަށް ބަލައިގެން )

16އަހަރުން މައްޗަށް – (މުޅި ޤުރުއާން ބަލައިގެން ކިޔެވުން )

މި މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި އޮޑިޝަނެއް ބާއްވައިގެން އޮޑިޝަނުން ހޮވޭ ބައެކެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ހޯއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7748722 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top