ކަނދުފަތި ކައިރީގައި ވަދުއަޅާނަމަ ފިޔަވަޅުއަޅާނެ

220823_3_bd42a135ab0992657ffa139f495baffac5c656bf_medium.jpg

އޮއިވާލި ކަނދުފައްޗެއް

ރާއްޖޭގެ އެެކި ސަރަހައްދުގައި ސަރުކާރުން ގާއިމް ކޮށްފައިވާ އޮއިވާލި ކަނދުފަތިތަކާ ތިން މޭލަށް ވުރެ ކައިރިން ދޮށީގެ މަސްވެރިކަން ނޫން އެހެން ގޮތަކަށް މަސްވެރިކަން ކުރާނަމަ އެކަން ކުރި ބަޔަކާމެދު ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނފިއެވެ.

އިއްޔެ އެމިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނާގޮތުން މަސްވެރިކަމުގެ ގަވާއިދުގެ ދަށުން، ކަނދުފަތިތަކާ ތިން މޭލު ކައިރިން ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. 

ނަމަވެސް، މުނިފޫހި ފިލުވުމަށް މަސްވެރިކަން ކުރާ ފަރާތްތައް ކަނދުފަތިތަކާ ކައިރީގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށާ އަދި އެކަމުގެ ޝަކުވާ ލިބެމުން ދާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނީ އެގޮތަށް ކަންތައް ކުރާ ފަރާތްތަކާ މެދު، އެމްއެންޑީއެފް ކޯސްޓްގާޑާއި އާއި ފުލުހުންނާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

ގަވާއިދާއި ހިލާފަށް ވަދު އެޅުމާއި ދިރޭ އެންޖަހައި އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމުން މަސް އައިން ތިލަވުން އަދި ހިފެހެއްޓުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ފާހަގަ ވެފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ސަރުކާރުން 55 އޮއިވާލި ކަނދުފަތި ގާއިމްކޮށްފައިވެއެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top