ޕްލާންޓް ލެގަސީ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް

48395225_2005585082861647_995194671816769536_n.jpg

"ޕްލާންޓް ލެގަސީ " ޕްރޮގްރާމް ގައި އަނަންތަރާ ކިހަވައް މޯލްޑިވްސް ގެ މުވައްޒަފުން ބައިވެރިވެ ގަސް އިންދަނީ - ފޮޓޯ :ކިޑްސް އެފްބީ ޕޭޖް

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް ) ގެ ފަރާތުން ކުރިއަށް ގެންދާ “ޕްލާންޓް ލެގަސީ”ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ދާ ކަމަށް އެ ޖަމިއްޔާ އިން ބުނފިއެވެ. އެގޮތުން މިކަމުގެ މުހިއްމު ކަމާއި އެހެން މީހުންނަށާ ރަށްރަށަށް އަދި އަވައްޓެރި ރިސޯޓްތަކަށް ނަމޫނާ ދެއްކުމުގައި ކިހާދޫ އާއި ކައިރީގައި އޮތް އަނަންތަރާ ކިހަވައް މޯލްޑިވްސް ގެއިސްވެރިންނާއި މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ގޮތުން ކިހާދޫގައި ކިޑްސް އިން ތަރައްގީ ކުރާ ޕާކުގައި ވަނީ ގަސް އިންދުމުގެ ހަރަކާތެއް ހިންގާ ފައެވެ.

ކިޑްސް އިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެޖަމިއްޔާ އާއި އެހީތެރިވެދެއްވަމުން ގެންދަވާ ކިހާދޫ ޒުވާން ބޮޑުބެރު ގްރޫޕަށާއި ޒުވާން އަންހެން ކުދިންނާއި ރަށު ކައުންސިލުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް އިޚްލާސް ތެރިކަމާއކު ޝުކުރު ދަންނަވާ ކަމަށާ މިނޫނަސް މިކަމަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރުމަކީ ލިބޭ އުފަލެއް ކަމުގައެވެ.

“ޕްލާންސް ލެގަސީ” ޕްރޮގްރާމަކީ ގަހެއް ހަދިޔާ ކޮށްގެން ރިސޯޓެއްގައި ތިން ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް “ކިޑްސް” އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ގަސް ހަދިޔާކުރައްވަން ބޭނުންވާ ފަރާތްތަކުން ކިޑްސް ގެ ވެބްސައިޓް މެދުވެރިކޮށް ގަސް ހަދިޔާ ކުރެވިދާނެއެވެ. މިގޮތުން ގަސް ހަދިޔާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކަށްވެސް އިތުރު ބޭފުޅަކާއެކު ރިސޯޓެއްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

“ކިޑްސް”ގެ މި ހަރަކާތުން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ކިހާދޫގައި ހަދަމުންދާ ކުޑަކުދިންގެ ޕާކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމެއް ގާއިމުކުރުމަށްޓަކައެވެ.

ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ ތިންބާވަތެއްގެ ގަހެވެ. އެއީ އެކި ބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތި ގަހާއި، ތަފާތު އެކިވައްތަރުގެ މާގަހެވެ. ގަސް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނީ 01 ޑިސެންބަރު 2018 އިން 31 ޑިސެންބަރު 2018 ގެ ނިޔަލަށެވެ.

މިޕާކަކީ ކިހާދު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް ގުޅިގެން ހަދަމުންދާ ޕާކެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top