އޫރުން ތައްޔާރުކޮށްފައިވާ ކާނާއެއް ރާއްޖޭގެ ބާޒާރުގައި

1545453719.png

އޫރުން ތައްޔާރުކޮށްފައިވާ ޖެލްޓިން ގެ ޕްރޮޑަކްޓް -- ރާއްޖެއެމްވީ

މުސްލިމުންނަށް ހަރާން ކުރައްވާފައިވާ އޫރުން އުފައްދާފައިވާ ކާނާއެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އެބަގެންދެއެވެ.

ރާއްޖެ އެމްވީގައި ޝާއިއު ކޮށްފައިވާ މި ޚަބަރުގައި ބުނަނީ އޫރުން އުފައްދާފައިވާ ޖެލިޓާ ބްރޭންޑްގެ ޖެލެޓިން ރާއްޖޭގެމަޝްހޫރު ސުޕަރމާކެޓެއްގެ އިތުުރުން އެހެން ބައެއް ފިހާރާތަކުގައިވެސް ވިއްކަމުން ގެންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެެވެ. އެއީ އޫޖެލީއާއި އައިސްކްރީމް ފަދަ ފޮނިކާތަކެތި ތައްޔާރު ކުރުމަށް  ބޭނުންކުރާ އެއްޗެކެވެ.

ހަލާލު ކަމަށް ލޭބަލްގައި ލިޔެފައިނުވާ މި އުފެއްދުން ގަތް މީހަކު ރާއްޖެ އެމްވީއަށް ބުނި ގޮތުގައި 100 ޕަސެންޓް އޫރުން ތައްޔާރު ކޮށްފައިވާ އުފެއްދުމަށް ކަމަށް އެނގުމުން އެފިހާރަ އަށް ގޮސް ބުނުމުން ޖެހިގެން އައި ދުވަހު އެހުރިހާ ތަކެއްޗެއް ހަރުތަކުން ނަގާފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެއުފެއްދުން ފިހާރައިގާ ވިއްކަން ހުރީ ކަސްޓަމްސް އިން އެއުފެއްދުން އެތެރެ ކުރުމުގެ ހުއްދަ ދީފާއިވާތީ ކަމަށް އެފިހާރައިން ބުނި ކަމަށެވެ.

ޖެލިޓާ ބްރޭންޑްގެ ޖެލެޓިން މާލޭގައި ވިއްކާތާ މަހެއްހާ ދުވަސް ވެފައިވާ އިރު މި އުފެއްދުން އަތޮޅު ތެރެއަށް ގެންގޮސް  ނުވިއްކާ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެހެން ކަމުން މިއީ ސަމާލު ވާން ޖެހޭ ކަމެކެވެ.

ކަސްޓަމްސްގެ ގާނޫނުގެ 78ވަނަ މާއްދާގައި ބުނެފައިވާގޮތުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރުމަކީ ކަސްޓަމުން ކުރަން ޖެހޭ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top