މިމަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ: މެޓް

DSCN2027.jpg

މިހިނގާ އެޕްރީލް މަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ މަސް ކަމަަށެވެ. އަދި މި މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށާއި ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއް ޖަހާއިރު ކަމަށްވެސް ބުންޏެވެ.

މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވާ ގޮތާބެހޭ ގޮތުން މެޓުން ބުނީ ވައިމަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށެވެ.

މެޓް އޮފީހުން ބުނީ އެ އޮީހުގެ އާއްމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު 11 އާއި 14 އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top