ކިންގް ސަލްމާން މިސްކިތުގައި ދަރުސް ދިނުމުގެ ހުއްދަ ޕީޕީއެމަށް ނުދިން

233648-3-54db51d08b474ea837f145e791b3faaafdcfc7f8-medium.jpg

ކިންގް ސަލްމާން މިސްކިތުގައި ދަރުސު ދިނުމުގެ ހުއްދައަށް އިދިކޮޅު ޕީޕިޢެމްއިން އެދުމުން އެހުއްދަ ނުދޭން ސަރުކާރުން ނިންމައިފިއެވެ.

ޕީޕީއެމްގެ ފަރާތުން ސަލްމާން މިސްކިތުގައި އަންނަ ހުކުރުދުވަހުގެ އަސްރު ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދައަށް އެދުނީ، މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން އިންތިޒާމުކޮށްގެން ދަރުސް ދިނުމަށް ހުއްދަ ދޭނެކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ހާމަކުރުމާއި ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ސިޔާސީ ޕާޓިތަކަށް ދީނީ ދަރުސް ދެވޭނެ ކަމަށް މިނިސްޓްރީން އިއުލާނުކުރުމާއެކު، ސިޓީއަކުން މިނިސްޓްރީގައި އެކަމަށް އެދިފައިވާނެ ކަމަށެވެ.

“މިނިސްޓަރު ވިދާޅުވީ އޭގެ ވަކި ސްޓޭމްޕެއް ޖަހައިފައި އިނީމާ ކަމަށް، އަޅުގަނޑު ދެންނެވިން އިންޑިއާ އައުޓް ސްޓޭމްޕް ސިޓީގައި އިނީމަތޯއޭ ތި ވިދާޅުވީ އުސޫލުތަކާ ހިލާފު ކަމަށް، ވިދާޅުވީ އާދޭހޭ، އަޅުގަނޑު ދެންނެވިން މިނިސްޓަރޭ އެއީ މިނިސްޓަރާ ބެހޭ ކަމެއް ނޫނޭ،” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އޭގެ ފަހުން މިނިސްޓަރުގެ ރާގު ބަދަލުވެ، ސަލްމާން މިސްކިތް ދެވެން ނެތް ކަމަށާއި އަދި ސިޔާސީ ޕާޓީތަކަށް ދަރުސް ދިނުމުގެ ހުއްދަ މިހާރު ނުދޭ ކަމަށް ވިދާޅުވި ކަމަށެވެ.

ޕީޕީއެމް އަށް ހުއްދަ ނުދިންކަމަށް ވިޔަސް މި ރަމަޟާން މަހުވެސް އަދާލަތު ޕާޓީން އަންނަނީ ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދީނީ ދަރުސްތައް ބާއްވަމުންނެވެ. ސިލްސިލާކޮށް ބާއްވާ އެ ދަރުސްތަކުގެ ދެވަނަ ދަރުސް ދެއްވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް އެފެއާޒް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

އެކްން ފާހަގަކޮށް ޕީޕީއެމުން ވަނީ ސަލްމާން މިސްކިތުގައި ދަރުހެއް އިންތިޒާމުކުރުމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައެވެ. ނަމަވެސް ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޕީޕީއެމަށް އެ ހުއްދަ ނުދޭން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އަދާލަތުން މިސްކިތުގައި އެގޮތަށް ދަރުސް ދޭކަން ފާހަގަކުރެއްވުމުން އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.ޒާހިރު ވިދާޅުވެފައިވަނީ މިހާރު އެ ޕާޓީއަށްވެސް އެގޮތަށް ދަރުސް ނުދިނުމަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މި ހަފުތާ ތެރޭގައި ޖެހިޖެހިގެން ތިން ދުވަހު އެ މިސްކިތުގައި އަދާލަތުން ދަރުސް ބޭއްވިއެވެ.

ކިންގް ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމުގެ ހުއްދައަށް އެދުމުން އެ ޕާޓީއަށް އެ ހުއްދަ ނުދީ އެހެން އެއްވެސް ޕާޓީއަކުން މިސްކިތެއްގައި ދަރުހެއް ބާއްވާނަމަ އެކަން އެ ޕާޓީގެ ސަޕޯޓަރުން ހުއްޓުވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ސީދާ މިނިސްޓަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top