ބ. ކިހާދުއާއި ދޮޮންފަނާއި ކުޑަރިލާއި ފުޅަދޫ އަދި ފެހެންދޫ ގައި ފެނާއި ނަރުދަމާ އަޅަން ބިޑަށް ހުޅުވާލި މަޝްރޫއު، ބަޔަކާ ހަވާލުނުކޮށް އޮއްވާ އެމަޝްރޫއު ބާތިލް ކޮށްފިއެވެ.
މި ފަސް ރަށާއެކު އިތުރު އެހެން ރަށްތަކެއްވެސް ހިމެނޭ މި މަޝްރޫއު، ޑިިޒައިން ބިލްޑް އުސޫލުން ހިންގައިދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނު ބާތިލްކުރީ ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެދިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ހިމަނައިގެން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަ އެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަ ކުރަން 1.2 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.