އަންނަ މަހު 25އިން ފެށިގެން އޮފީސްތަކުން ފައިސާ ބަލައިގަތުން ޑިޖިޓަލްކޮށް !

large_156992475516Ator.jpg

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް --

ދައުލަތުގެ ހުރިހާ އޮފީސްތަކުން އަންނަ މަހުގެ 25 އިން ފެށިގެން ފައިސާ ބަލައިގަންނާނީ ޑިޖިޓަލް ވަސީލަތް ތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ

އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހުރިހާ އޮފީސްތަކުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އެންގިއިރު، އެކަމުން ތިން އޮފީހެއް އިސްތިސްނާ ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާއި، ރާއްޖެއިން ބޭރުގައި ގާއިމްވެފައިވާ ދައުލަތުގެ އޮފީސްތަކާއި، ލޯކަލް ކައުންސިލްތަކެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދުު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުން ބަލައިގަންނަ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ޕޮއިންޓް އޮފް ސޭލް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމް ފިނޭންސް މިނިސްޓްރީން ވަނީ ތައާރަފްކޮށްފަ އެވެ.

ދައުލަތުގެ އޮފީސްތަކުން ހަމައެކަނި ޑިޖިޓަލްކޮށް ފައިސާ ބަލައިގަންނަ ގޮތަށް ބަދަލުކުރި ނަމަވެސް، ހިސާބުތައް ގަވާއިދުން ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top