އަހަރުގެ އެންމެބޮޑު އިނާމާއެކު ރެޑްވޭވް ގެ އަހަރީ ބާޒާރު ފަށައިފި

big_5opWb0GAiiO1LYxsJqvVjddjH.jpg

މަޗްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ (ރެޑްވޭވް ސަލީމް ) ގެ ރެޑްވޭވް ކުންފުނިން އަހަރު ނިންމާ ސޭލްގެ ގޮތުގައި “ރެޑްވޭވް އަހަރީ ބާޒާރު” އިއްޔެ ފަށައިފި އެވެ.

ރެޑްވޭވް އަހަރީ ބާޒާރު ކުރިއަށްދާނީ މިމަހުގެ 15 އިން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށެވެ.  މި ސޭލް ނުވަތް ޕްރޮމޯޝަން ގައި މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 70 ޕަސެންޓްއާ ހަމައަށް ކަނޑައެޅިފައިވާ އައިޓަމްތަކަކުން ޑިސްކައުންޓް ލިބިގެންދާނެ އެވެ. އެގޮތުން ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި ބަދިގެ ސަމާނު ތަކަކީ ޑިސްކައުންޓު ލިބިގެންދާ އައިޓަމް ތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްރޮމޯޝަން ގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ރެޑްވޭވް އިން ފާހަގަ ކުރަނީ ޗައިނާގެ ނަން މަޝްހޫރް ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ “ކޮންކާ” ބްރޭންޑު ޓީވީ ތައާރަފް ކުރުމެވެ.”ކޮންކާ”އަކީ މަލްޓި މީޑިއާ އިލެކްޓްރޯނިކްސް އުފެއްދުމުގައި 38 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ އިރު “ކޮންކާ” ބްރޭންޑަކީ 4 ކޭ ކޮލިޓީގެ މަންޒަރު ފެނިގެންދާ ރާއްޖޭގެ ބާޒާރުގައި މިވަގުތު ވިއްކަމުން ގެންދާ އެންމެ އަގުހެޔޮ ޓީވީކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.

މި ޕްރޮމޯޝަންގައި ރެޑްވޭވް އިން ކުރާ ކޮންމެ 1500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ އެވެ. ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހަފްތާގެ އިނާމްގެގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނޭކަމަށާ ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ތިންފަރާތަކަށް އިނާމް ލިބިގެންދާނީ ނަގުދު ފައިސާއިން ކަމަށް ރެދްވޭވް އިން ބުނެއެވެ  އެގޮތުން އެކެއް ވަނަ އަށް ހޮވޭ ފަރާތަކަށް 50،000ރ، 2 ވަނަ އަށް ހޮވޭ ފަރާތަކަށް 30،000ރ އަދި ތިން ވަނަ އަށް 20،000ރ ގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ދާނެ އެވެ.

ރެޑްވޭވްގެ އަމާޒަކީ މި ފުރުސަތުގެ ބޭނުން ކޮށްގެން ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގު ވަޒަން ކުރެއްވުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top