″ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ނާސްތާ ލިބޭނެ″

DSCN1345.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަތި.

ސްކޫލްތަކުގެ ދަރިވަރުންނަށް ދެމުން ގެންދިޔަ ހެނދުނުގެ ނާސްތާ، އަންނަ ދިރާސީ އަހަރު ދެމުން ގެންދާނީ އެކަމަށް ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ކޮވިޑާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ނިމެންދެން އެ ޕްރޮގްރާމް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ނާސްތާ ޕްރޮގްރާމް ނިންމާލީ ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށޤ އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑްގެ ދަތި ހާލުގައިވެސް ނާސްތާ ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައެޅިފައިވާ ދަރިވަރުންނަށް ދެމުން ގެންދާ ކަމަށެވެ.

ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެވައުދު ފުއްދުމުގެ ގޮތުން ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށުމާއެކު 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، މި ޕްރޮގްރާމް ވަނީ މެދުކަޑާލާފަ އެވެ.

އޭގެ ފަހުން ސަރުކާރުން ނާސްތާ ދިނުމުގެ ބަދަލުގައި ގެއިން ދަރިވަރުންނަށް ރަނގަޅަށް ނާސްތާ ދިނުމަށާއި، ސްކޫލަށް ކުދިން ފޮނުވާއިރު ބޯފެންވެސް ގެއިން އެކުދިންނާ ހަވާލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގެވުމުން އެކަން ހިނގީ އެމަގުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top