އޭދަފުށްޓާއި ހިންނަވަރުގެ ފުރަތަމަ ކުރިމަތިލުން މިއަދު

ހިންނަވަރުގެ ފުޓްބޯޅަޓީމެއް

ހިންނަވަރުގެ ފުޓްބޯޅަޓީމެއް

މިނިވަން50 ފުޓްބޯޅަ މުބާރާތުގެ ޒޯން3 ގެ މެޗްތައް މިއަދު އޭދަފުށީގައި ފަށާއިރު މި މުބާރާތުގައި ފުރަތަމަ ބައްދަލުކުރަނީ އޭދަފުށްޓާއި ހިންނަވަރެވެ.މިއަދުގެ މެޗްގައި އޭދަފުށްޓާ ބައްދަލުކުރާ ހިންނަވަރު ޓީމާ ބެހޭގޮތުން އޭދަފުށީ ޓީމުގެ އޮފިޝަލެއްކަމުގައިވާ ތަޖްރިބާކާރު ވެޓެރަން ކުޅުންތެރިޔާ އަބްދުލްވާހިދު ހުސޭން ވިދާޅުވީ ހިންނަވަރަކީ ފުޓްބޯޅައިގެ ރީތި ތާރީޚެއް އޮތް ބައެއް ނަމަވެސް ފަހުގެ ތާރީޚެއްގައި ހިންނަވަރުގެ ކުޅުން ފެނިފައިނުވާތީ ފެންވަރާމެދު އެއްޗެކޭ ބުނަން އުނދަގޫކަމުގައެވެ. އެހެންނަމަވެސް ހިންނަވަރު ޓީމަކީ ބަލި ޓީމެއްކަން ގަބޫލު ނުކުރެވޭކަމުގައި ވާހިދު ވިދާޅުވިއެވެ. އޭދަފުށީ ޓީމްއޮތީ އެކަމަށް ތައްޔާރުވެގެންކަމަށާއި މިއަދުގެ މެޗް އޭދަފުޢްޓަށް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ނެތްކަމުގައި ވާހިދު ވިދާޅުވިއެވެ.

ހިންނަވަރު ޓީމްގެ ކޯޗް އަބްދުއްރަހްމާން މުހައްމަދު (ރެޓޭ) މެޗާބެހޭގޮތުން ބުނެފައިވަނީ އޭދަފުށީ ޓީމްގެ ތަޖްރިބާއާއި މޮޅުކުޅުންތެރިންގެ ކުރިމަތީގައި ހިންނަވަރު ޓީމް ފަހަށް ނުޖެހި ފުލް އިތުބާރާއި ޔަގީންކަމާއެކު ފުލް ޕަވަރުގައި ކުޅޭނެކަމުގައެވެ. ހަމައެކަނި މައްސަލައަކީ ވެލި ދަނޑެއްގައި ކުޅެންޖެހުންކަމަށާއި ހިންނަވަރު ކުޅުންތެރިން ކުޅެނީ ޓަފްދަނޑުގައި ކަމުން އެކުޅުންތެރިން ހޭނިފައި ތިބޭނީ ޓާފްދަނޑަށް ކަމުގައެވެ. މި އުނދަގޫ ކުރިމަތިވިޔަސް  މެޗުން މޮޅުވުމުގެ އުއްމީދު ބޮޑުކަމަށް ކޯޗް ވިދާޅުވިއެވެ.

މިމެޗަށްފަހު ދެން މިދެޓީމް ބައްދަލުކުރާނީ މި މަހުގެ 11 ވަނަދުވަހު ހިންނަވަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top