ހިމަބިހީގެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގައި ހިމަބިހި ޖެހުމުގެ ކެމްޕެއިނެއް ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.
“މަވެސް ޖަހައިފިން” ނަމުގައި ފެށި މި ކެމްޕޭން ތިން މަސް ދުވަހަށް ހިންގާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަމީނިއްޔާ ސްކޫލްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާމި ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބޭނެ ކަމަށާ ކުރިއަށް އޮތްތަނުގައި މި ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
ހިމަބިހި ވެކްސިން ޖެހުމުގައިވަކި އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ.