ސަރުކާރަށް ފާޑުކިޔާ ދެނޫހެއް ބަންދުކޮށްފި

Muizz.jpg

ސަރުކާރާ ދެކޮޅު ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓެއް ރޭ ބަންދުކޮށްފިއެވެ.

ރޭ ބަންދުކުރި ދެ ސައިޓަކީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

އެ ދެ ވެބްސައިޓަކީ ވެސް މި ފަހުން ސަރުކާރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލިޔުންތައް ލިޔަމުންގެންދިޔަ ދެ ވެބްސައިޓެވެ. ނޫހެއް ގޮތަށް ލިޔުންތައް ޝާއިއުކުރަމުން ގެންދިޔަ ނަމަވެސް އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ދެ ވެބްސައިޓެއް ނޫނެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދު އަދި ބްލޮކް ވެސް ނުކުރާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅު 2 ސައިޓެއް ބްލޮކް ކުރުމުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި މި ސަރުކާރުގެ އަނިޔާވެރިކަން ފުޅާވުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ނެތުން ކަމަށްވެސް ވިދާޅުވިއެވެ.

ޝަހީބު މިހެން ވިދާޅުވިނަމަވެސް، ރާއްޖޭގައި ރެޖިސްޓްރީނުކޮށް ހިންގާ ނޫސްތައް މަދެއް ނޫނެވެ. އަދި އެއިރެއްގަ އޮންނަ ސަރުކާރަކަށް ފާޑު ކިޔާ ނޫސްތަކެއްވެސް މަދެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top