ބޮލީވުޑްގައި ދެކައިވެންޏެއްގެ އަޑު ގަދަވާން ފަށައިފި

aa-Cover-mknse297894eedkt6875nccjg3-20180104223112.Medi_.jpeg

އަނުސްކާ ޝަރްމާއާއި އިންޑިއަން ކްރިކެޓަރ ވިރާތު ކޯލީގެ ކައިވެންޏަށްފަހު އަނެއްކާވެސް ދެކައިވެންޏެއްގެ ރަނގަބީލުގެ އަޑު ބޮލީވުޑްގައި ގަދަވާން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ބޮލީވުޑް ދެން އެންމެ އަވަހަށް ބޭއްވޭނީ ފިލްމީ ދުނިޔޭގެ އެންމެ ފެޝަނަބްލް އަދި މޮޅު އެކްޓްރެސް ސޯނަމް ކަޕޫރުގެ ކައިވެނި ޕާޓީއަށެވެ.

ދިއްލީގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދް އަހޫޖާއާއި ސޯނަމް ، ލޯބީގެ ގޮތުން ދެއަހަރަށްވުރެ ގިނަ ދުވަހު ގުޅިގެން އުޅުމަށްފަހު އަންނަ މެއި މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނާއިރު ދެދުވަހަށް ދެމިގެންދާ މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނީވާ ގައެވެ. ހިންދީ އާދަކާދައާ އެއްގޮތަށް މި ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ދާނީ މެއި 11 އާއި 12 ގަ އެވެ.

 

ބޮލީވުޑްގެ ބޮޑު އަނެއް ޚަބަރަކީ އަދި މިވީހާ ތަނަށް ރައްޓެހިވެގެން އުޅޭކަމަށް އެއްބަސް ނުވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ވާހަކައެވެ.

ފިލްމު ‘ޕަދްމާވަތު’ގެ ކާމިޔާބީ އަށްފަހު ދެމީހުންވެސް މިހާރު ތިބީ ބްރޭކެއްގައެވެ. ދީޕިކާ ދެން އެންމެ އަވަހަށް ފަށާނީ އިރްފާން ޚާން އާއެކު، ވިޝާލް ބަރްދްވާޖްގެ ފިލްމުގެ މަސައްކަތެވެ. ނަމަވެސް އިރްފާން ގެ ބަލީގެ ސަބަބުން ފިލްމްގެ މަސައްކަތް ނުފެށި ލަސްވަނީއެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން ދީޕިކާ މިހާރު ހުރީ އޭނާގެ އާއިލާ އާއެކު ބެންގަލޯރ ގައެވެ. އޭނާ ބޭނުންވަނީ އެކުވެރިންނާއެކު ވަރަށް ކުލަގަދަކޮށް ބެންގަލޫރުގައި ކައިވެނީގެ ބޮޑު ހަފްލާއެއް ބޭއްވުމަށެވެ.

ކައިވެނީގެ ކަންތަކުގައި މިހާރުވަނީ ދެފަރާތުގެ އާއިލާއާވެސް މަޝްވަރާކުރެވި ތާރީޚްވެސް ކަނޑައަޅާފައެވެ. އެހެންނަމަވެސް ތާރީޚް އަދި އާއްމުންނާ ހަމައަށް ތލަވާވަރެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top