50ރުފިޔާގެ ނޫޓު މަދުވެގެން އަލުން ޗާޕުކޮށްފި

mma-nootu-faisaa-50-pvbhvu708emouf7cqrqlxjcqnj5snqqsilxc0jtt9s.jpg

ސްޓޮކްގައި 50ރުފިޔާގެ ނޫޓު މަދުވެގެން 50 ރުފިޔާގެ ނޫޓު އަލުން ޗާޕު ކޮށްގެން ގެނެސްފިއެވެ.

އަލަށް، ޗާޕުކޮށްގެން ގެނައި ނޫޓުތައް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށާއި އެނޫޓުތައް ރާއްޖެ ގެނައީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ ކަރުދާސް ނޫޓަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓެވެ.

ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ.

އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top