ދަރަވަންދުއާއި ގޮއިދުއަށް އިސް މެޖިސްޓްރޭޓުން ހޯދަން

DSCN4229.jpg

ބ.ގޮއިދޫ-- އީވީ ފޮޓޯ

ބ.ގޮއިދުއާއި ދަރަވަންދުއަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

މި ދެރަށް ހިމެނޭހެން ބާރަ ރަށަކަށް އިސް މެޖިސްޓްރޭޓުން ހޯދާ އިރު، އިތުރު ދެ ރަށަކަށް މެޖިސްޓްރޭޓުން ހޯދަންވެސް އެކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.

މެޖިސްޓްރޭޓުން ހޯދަނީ ދ.ކުޑަހުވަދު އާއި، ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ. އަދި ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top