ރޯދަ މަހު ތިނަދޫގައި ކުޅިވަރު ކުޅުން މަނާ

47486297_500416550464326_8951305856020905984_o.jpg

ރޯދަ މަހު ގދ. ތިނަދޫގައި ކުޅިވަރު ކުޅުން މަނާކޮށްފި އެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ދުވާލުގެ ވަގުތު، ޚާއްސަކޮށް ރޭގަނޑު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގޭނެއެވެ.

ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތްތަކެއް ވިޔަސް ކޮންމެހެން ހިންގަން ޖެހޭ ހާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުހިންގުމަށްވެސް އަންގާފައިވެ އެވެ. އެކަމަކު ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތް ތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި އާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ އެވެ.

ރަމަޟާން މަހާއި ގުޅުންހުރި ހަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތު ތަކަށް ދަތިނުވާނެހެން، މީހުންނަށް މާބޮޑު ބުރަޔަކަށް ނުވާނެހެން، މާދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ހަރަކާތްތައް އިންތިޒާމް ކުރުމަށް އަންގާފައިވެ އެވެ.

މި ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި މިފަދަ އުސޫލުތަކާއި ޚިލާފަށް އަމަލު ކުރާ މީހުންނަށް އެއްވެސް ކަމެއްގައި އެ އިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމާއި އަދި މިކަންކަމާއި ޚިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް ތިނަދޫ ކައުންސިލުން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top