ޔޫއްބެ އޭދަފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަނީ

viber_image_2025-12-22_11-54-27-648.jpg

އޭދަފުށީ ދޭދަރުގެ ޔޫސުފް މޫސާ، އޭދަފުށީ ކައުންސިލް ރައީސް ކަމަށް ކުރިމަތިލާން ނިންމައިފި އެވެ.

ޔޫއްބެ ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލާން ނިންމީ ރައްޔިތުންނަށް ފައިދާހުރި އެއްވެސްކަމެއް މިވީހާ ތަނަށް ކައުންސިލުން ކޮށްދީފައި ނުވާތީ ”ބަދަލަކަށް“ ކަމަށެވެ. އެހެންވެ އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގައި އޭނާއަށް ވޯޓު ދިނުމަށް ވަނީ އެދިފަ އެވެ.

އުމުރުގެ ބޮޑުބައި ރިސޯޓު ތަކުގެ މަތީ ލެވެލްގައި ތަފާތު ވަޒީފާތަކެއް އަދާކުރެއްވުމަށްފަހު ރަށަށް ބަދަލުވީވެސް ރައްޔިތުން ބޭނުންވާ ތަހުޒީބު އޭދަފުއްޓެއް އުފެއްދެވުމުގެ ބޭނުމުގައި ކަމަށް ޔޫއްބެ ވިދާޅުވި އެވެ.

އެ އަޒުމުގައި އޭނާ ވަނީ ދާއިރާގެ މަޖިލިސް މެންބަރު ކަމަށްވެސް ވާދަކުރައްވާފަ އެވެ.

ޔޫއްބެ ގަބޫލުކުރާގޮތުގައި ރަށު ކައުންސިލަކީ ރައްޔިތުންގެ ހުރިހާ ބޭނުމެއް ފުއްދައިދެވޭ ވަރުގެ މާލީ ތަނަވަސްކަމާއި ބާރު އޮތްތަނެއް ކަމަށް ވާއިރު އެކަން އެކަން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

”ރައްޔިތުންގެ އަގުބޮޑު ބިންތައް ބޭނުންނުކޮށް އެހެން ހުރެ ވީރާނާ ވެއްޖެ. ރައްޔިތުންނަށް ބޭނުން އެތައް ކަމެއް ނުކުރެވި ތަރައްގީގެ މަގުން މި އޭދަފުށި މިހާރުވަނީ އެތައް އަހަރެއްގެ ފަހަތަށް ގޮސް އަތުނުވާ ހިސާބުގައި.“ އޭނާ ވިދާޅުވި އެވެ.

އޭނާ ބޭނުންވަނީ އެކަން ބަދަލުކުރާށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ރައްޔިތުންގެ މީހަަކަށް ވެ ހުރެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރާނެއެވެ.

ޔޫއްބެ ބުނީ ތަރައްގީގެނެވޭނީ ހަމައެކަނި މޮޅަށް ކިޔަވައިގެން ނޫންކަމާއި އެމީހަކީ ނިކަން އަމަލީ މީހަކަށް ވެވިގެން ކަމަށެވެ.

“އަޅުގަނޑަކީ އަމަލީ މީހެއް. އޮފީހުގައި އަބަދު ޓައީއަޅައގެން އިނުުމުޣެ ބަދަލުގައި ރައްޔިތުންގެ ތެރޭގައި އުޅޭނެ މީހެއް. މހާރުވެސް މިއުޅޭ ގޮތަށް. “

ޔޫއްބެ ވިދާޅުވީ ރައްޔިތުންގެ ބޭނުންތަކާއި އިހްސާސް ތައް އޭނާއަށް އެންމެ ރަނގަޅަށް އެނގޭ ކަމުގެ ހެކި ދެއްކެވީ މިހެން ވިދާޅުވެފަ އެވެ.

”އަޅުގަނޑު ރަށަށް ބަދަލުުވުމަށް ފަހު ރައްޔިތުންނަށް ގޮވާލި ހުރިހާ ޖަލްސާއަކަށް ދޔަ މީހެއް އަޅުގަނޑު ނޫނީ ނުހުންނާނެ“

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top