އޭދަފުށީ އަންހެނުން ކޮމެޓީ، އެނދުމަތިކޮށް ފަރުވާދޭ އިސް ރަށްވެހިންގެ ގާތަށް

11111.jpg

އިސް ރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގި ފަހު ޕްރޮގްރާމެއްގެ ގޮތުން ބ.އަތޮޅު ހޮސްޕިޓަލުގައި އެދުމަތިކޮށް ފަރުވާ ދޭ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ އިސް ރަށްވެހިންގެ ގާތަށް ޒިޔާރަތް ކޮށްފި އެވެ.

އަންހެނުންގެ ކޮމެޓީން ބުނީ މިޒިޔާރަތުގެ ބޭނުމަކީ އޭދަފުށީގެ އިސް ރަށްވެހިންނަކީ މިއަދު މިދެކޭ އޭދަފުށީ މިހާ ހިސާބަށް ގެނެސްދިނުމުގައި ވަރަށް ބުރަ މަސައްކަތް ތަކެއް ކުރައްވާފައިވާ ބައެއް ކަމަށް ވާތީ އެބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުން ކަމުގައެވެ.

މިޒިޔާރަތުގައި ކޮމެޓީގެ ފަރާތުން ވަނީ އެދުމަތިކޮށް ފަރުވާ ދޭ ކޮންމެ މީހަކަށްވެސް ރަމްޒީ ހަދިޔާއެއްގެ ގޮތުން މޭވާ ޕެކެއް ހަދިޔާ ކޮށްފަ އެވެ.

”ބޭނުންވަނީ އިސް ރަށްވެހިންގެ އަގު ވަޒަންކުރާ ކަން ހާމަކޮށްދިނުން. އަޅުގަނޑުމެން ހަމަ ވަކިވަކިން ކޮންމެ މީހަކާވެސް ބައްދަލު ކުރިން. ހާލު އަހުވާލު އޮޅުން ފިލުވައި އެމީހުންނާއި އެކު ވަގުތުކޮޅެއް ހޭދަކުރިން. ““ އަންހެނުންގެ ކޮމެޓީގެ ރައީސް ޒީމާ އިބްރާހީމް ވިދާޅުވި އެވެ.

ޒީމާ ވިދާޅުވީ އެއީ ވަރަށް އެހެން ކަހަލަ އުފާވެރި އަދި ޖަޒުބާތީ ވަގުތު ކޮޅެއް ކަމަށެވެ. ކޮމެޓީގެ ކޮންމެ މެންބަރަކަށްވެސް ތަފާތު އިހުސާސްތަކެއް ކުރެވިގެން ދިޔަކަމަށާއި ބަލި އެދުގައި އޮށޯވެ ތިއްބެވި ވަރަށް ހާލުދެރަ މީހުންގެ މޫނު މަތިންވެސް އަޖައިބެއް ފަދަ އުފާވެރިކަމެއް ފާޅުވެގެން ދިޔަކަމަށްވެސް ޒީމާ ވިދާޅުވިއެވެ.

”އިސް ރަށްވެހިންނަކީ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލު. އަދި މި ކީރިތިކަމާއި މޫރިތި ކަމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވެފައިވާ ރީތި މިނިވަން ދިވެހިރާއްޖެ އަކަށް މިއަދުގެ ދަރިން ނޭވާލުމުގެ ނަސީބު ލިބިފައިވަނީ އިސް ރަށްވެހިން އެމީހުންގެ ވާޖިބު ފުރިހަމައަށް އަދާކޮށް އަމާނާތްތެރި ކަމާއެކު މިއަދާއި ހަމައަށް ގެނެސް ދެއްވީތީ. އެކަން އަބަދުވެސް ހަނދާން ކުރަންޖެހޭ.“އޭނާ ވިދާޅުވިއެވެ.

އިސް ރަށްވެހިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top